ޚަބަރު

ސަރުކާރަށް ލަފާދޭން ކޮމިޓީތަކެއް ހަދަނީ

2 ފެބްރުވަރީ 2026 - 09:24
ސަރުކާރަށް ލަފާދޭން ކޮމިޓީތަކެއް ހަދަނީ

ސަރުކާރަށް ލަފާ ދޭ ކޮމިޓީތަކެއް އުފައްދަން މެންބަރުން ހޯދަން އިއުލާނުކޮށްފިއެވެ. 

ރައީސް އޮފީހުން ރޭ ކުރި އިއުލާނެއްގައި ބުނީ އަލަށް އުފައްދަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" ކަމަށެވެ. 

މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ. 

މީގެ ކުރިން ވެސް ސަރުކާރުން އެކި ކަންކަން ކުރިއަށް ގެންދިއުމަށް ލަފާ ދޭ ކޮމިޓީތައް އުފައްދާފައިވެއެވެ, އެގޮތުން ޒުވާނުންގެ ލަފާ ދޭ ކޮމިޓީގެ އިތުރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވެސް މިފަދަ ކޮމިޓީއެއް އެކުލަވާލިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0