ޚަބަރު

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރާތީ އިނާޒް އިސްތިއުފާ ދެއްވައިފި

1 ފެބްރުވަރީ 2026 - 09:31
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރާތީ އިނާޒް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން މަސައްކަތް ކުރާތީ ފެންޝަން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ. 

އިސްތިއުފާ ދެއްވަމުން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އިނާޒް ވިދާޅުވީ ‏ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި އެތައް މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. 

އޭނާ ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް ޗާޕުކުރަން މަސައްކަތް ކުރާ މި ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. 

‏"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ," އޭނާ ވިދާޅުވެފައިވެއެވެ. 

ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމަށް އެދޭ ކަމަށް އިނާޒް ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0