ބޯޑު މެންބަރުންގެ މުސާރައަކީ "ޓްރޭޑް ސީކްރެޓެއް": ފެނަކަ
ފެނަކަ ކޯޕަރޭޝަނުގެ ޑިރެކްްޓަރުންގެ ބޯޑުގައި ތިއްބަވާ މެންބަރުންގެ މުސާރައާއި އިނާޔަތަކީ "ވިޔަފާރީގެ ސިއްރެއް" ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އަމިއްްލަ ފަރާތަކުން ފެނަކައިން ހޯދުމަށް އެދި ހުށަހެޅި މަޢުލޫމާތުތަކެއް ހާމަނުކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ފެނަކައިން މިފަދައިން ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ފެނަކައިގެ ފަރާތުން ވާހަކަދެއްކެވި ގާނޫނީ ވަކީލް ވިދާޅުވީ ކުންފުނީގެ ބޯޑު މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތުގެ މަޢުލޫމާތަކީ ކުންފުނީގެ ވިޔަފާރި ސިއްރެއް ކަމަށާއި އެ މަޢުލޫމާތު ހާމަކުރުމުން ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ އެކުންފުނީގެ ބޯޑު މެންބަރުންނަށް ޚަރަދުކުރާ ފައިސާގެ މަޢުލޫމާތު ހާމަވެއްޖެ ނަމަ އެކުންފުނީގެ ވާދާވެރި ކުންފުނިތަކަށް އޭގެއިން ނާޖާއިޒް ފާއިދާތަކެއް ނެގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.






ރިއެކްޓް