ރައީސްގެ އިރުޝާދާއި ޚިލާފަށް އެމްޕީއެލްއިން ދިވެހިންގެ ބަދަލުގައި ބިދޭސީން ވަޒީފާތަކަށް ނަގަނީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތަކަށް މީހުން ނެގުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދާއި ޚިލާފަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބިދޭސީން ވަޒީފާތަކަށް ނަގަން ފަށައިފިއެވެ.
ޒަމާނުއްސުރެ ދިވެހިން އަދާކުރަމުން އައި ވަޒީފާއެއް ކަމަށްވާ "ހެވީ ވެހިކަލް ދުއްވުމަށް" ބިދޭސީން ތަމްރީން ކުރަން އެމްޕީއެލްއިން މިހާރު ވަނީ ފަށާފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެމްޕީއެލް އިން ބިދޭސީން ތަމްރީނުކުރަން ފަށާފައިވާތާ 3 ވަރަކަށް ދުވަސް ވެއްޖެއެވެ. މިއީ ވަޒީފާތަކަށް މީހުން ނެގުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު އިޢުލާންކުރައްވާފައިވާ ގޮތާއި ޚިލާފަށް އެމްޕީއެލްގައި ކުރަމުންދާ ކަމެކެވެ.
މަޢުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ބަނދަރު ސަރަހައްދުގެ އެތެރޭގައި ފޯކްލިފްޓް، ހެވީ ލޮރީ ފަދަ ވެހިކަލް ދުއްވުމަށް ބިދޭސީން ތަމްރީނުކުރަން ފަށާފައިވަނީ އެމްޕީއެލްގެ މަސައްްކަތްތައްް 24 ގަޑިއިރަށް ބަދަލުކުރި ދުވަހުއެވެ.
އެމްޕީއެލްގެ ތާރީޚުގައި މިހާތަނަށް ބަނދަރުގެ އެތެރޭގައި ހެވީ ވެހިކަލް ދުއްވަނީ ދިވެހި މުވައްޒަފުންނެވެ. އެމްޕީއެލް ބަނދަރުތަކަކީ އަބަދުވެސް ބިދޭސީން މަދު އަދި ބިދޭސީންގެ ކޮންޓްރޯލް ކުޑަ ތަންތަނެވެ.






ރިއެކްޓް