ޚަބަރު

ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ޕޯޓް ސަރަހައްދަށް ވަދެވޭ ގޮތް ހަދައިފި

26 ޖަނަވަރީ 2026 - 11:11
ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ޕޯޓް ސަރަހައްދަށް ވަދެވޭ ގޮތް ހަދައިފި

ރާއްޖެ އަންނަ އާގުބޯޓުތަކަށް ޕޯޓު ސަރަހައްދު 24 ގަޑިއިރަށް ހުޅުވާލައިފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީރާއްޖެއަށް އަންނަ އުޅަނދުފަހަރު އިތުރުވަމުން އަންނާތީ، ގައުމުގެ އިގްތިސާދަށް ފައިދާވާ ގޮތަށް، ކޮންމެ ވަގުތެއްގައި ވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ އެކްސްގައި ވިދާޅުވީ, މި ބަދަލާ އެކު ކުރިން ވެސް އުޅަނދުފަހަރަށް ދެމުން އައި ކްލިއަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަން ވެސް 24 ގަޑިއިރު ހިނގަމުންދާނެ ކަމަށެވެ. 

އަމީން ވިދާޅުވި ގޮތުގައި 1988 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި އެ އުސޫލު ބަދަލުކުރުމާއެކު, އިގްތިސޯދީ ގޮތުން ފައިދާތަކެއް ލިބިގެން ދާނެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0