އެމްޕީއެލް މުވައްޒަކަށް ފިޓްޖެހި، ދެ ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފަކު ޑިއުޓީގައި ހުއްޓާ ފިޓް ޖެހި، ދެ ޓަގް ބޯޓު ދޭތެރެއަށް ވެއްޓި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް އެ ކުުންފުނީގެ މުވައްޒަފަކު ވެއްޓެި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި އެ މުވައްޒަފު ޓަގު ބޯޓުތަކުގެ ދެމެދަށް ވެއްޓުނީ ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެންނެވެ.
ފުލުހުން އަންނަނީ މި ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް