ޚަބަރު

މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރެޖިސްޓްރީކުރަން އަންގައިފި

20 ޖަނަވަރީ 2026 - 13:58
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރެޖިސްޓްރީކުރަން އަންގައިފި
ފޮޓޯ: މިހާރު

ރާއްޖޭގައި އުޅޭ ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ރެޖިސްޓްރީ ކުރަން އަންގައިފިއެވެ. 

ހޯމްލޭންޑް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ, ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ޕްރޮޖެކްޓު އުސޫލުން ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމުން ދައްކާ ސައިޓުތައް މާދަމާއިން ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް" ސްޓޭޓަސް އަށް ބަދަލުވެގެން ދާނެ ކަމަށެވެ. 

މިނިސްޓްރީގެ އިއުލާނުގައި ބުނީ ރަޖިސްޓްރީކޮށްފައިވާ ވޯކް ސައިޓުގެ ތެރެއިން ކޯޓާއެއް ނުނަގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސައިޓުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ސްޓޭޓަސް އަށް ބަދަލުކުރާނެ ކަމަށެވެ. 

މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓް ކުރުމަށް ލިޔެކިޔުންތައް އާ ކުރުމަށްފަހު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވޯކް ސައިޓުގެ ޑޮކިއުމަންޓު އަޕްޑޭޓުކުރުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0