ސާފް ފުޓްސަލް: ޕާކިސްތާނު އަތުން ބަލިވި ނަމަވެސް އަންހެން ޓީމު ގަދަ ރޫހެއްގައި
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ އަންހެން ޑިވިޝަންގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުން ޕާކިސްތާނު އަތުން 3-1 އިން ބަލިވެއްޖެ އެވެ.
ނޮންތަބޫރީ ސްޓޭޑިއަމް އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ޕާކިސްތާނު ކުރީގައި އޮވެގެންނެވެ. ޖުމްލަކޮށް މުޅި މެޗުގައިވެސް ރާއްޖެ ޓީމުން ވަނީ ޕާކިސްތާނަށް ރަނގަޅު ޗެލެންޖެއް ދީފަ އެވެ. މެޗުގެ ކުރީކޮޅު ޕާކިސްތާނުން ލީޑު ނެގި ނަމަވެސް ރާއްޖެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި މަރިޔަމް ނޫރާ ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާކިސްތާނުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފަ އެވެ.
ދެވަނަ ހާފު ފަށައިގެން ޕާކިސްތާނުން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކުރި އެވެ. ނަމަވެސް މި ހާފުގައި ރާއްޖެއަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތް ނުވި އެވެ.
މި މުބާރާތުގައި ރާއްޖޭގެ ހަތަރު ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.






ރިއެކްޓް