ޚަބަރު

އައްޑޫގައި ޕްރޮޖެކްޓެއް ނުހިނގާތީ މުއްތަލިބް މަޖިލީހަށް ހާޒިރުކުރަނީ

17 ޖަނަވަރީ 2026 - 22:18
އައްޑޫގައި ޕްރޮޖެކްޓެއް ނުހިނގާތީ މުއްތަލިބް މަޖިލީހަށް ހާޒިރުކުރަނީ

އައްޑޫ މީދޫ އަދި މުޅި އައްޑޫ ސިޓީގައި ހިންގަން ވައުދުވެފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނުހިނގާތީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މަޖިލީހަށް ހާޒިރުކުރަން ސުވާލު ފޮނުވައިފިއެވެ. 

އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން މަޖިލީހަށް ހުށަހެޅި ސުވާލުގައިވަނީ ޕްރޮޖެންކްޓްތައް ކުރިއަށް ނުދަނީ އައްޑޫ ސިޓީ ކައުންސިލް، އައްޑޫ މީދޫ މެންބަރު ނުވަތަ އައްޑޫގެ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސުވާލުކުރުމަށް މުއްތަލިބް ހާޒިރުކުރުމަށް އެދިފައެވެ. 

އޭނާގެ ސުވާލުގައިވަނީ ވައުދުވެފައިވާ ޕްރޮޖެކްޓްތައް ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދިނީމަތޯ ވެސް ސުވާލުކޮށްފައެވެ. 

އައްޑޫ ޕްރޮޖެކްޓުތަކާ ގުޅޭ ސުވާލު ކުރުމަށް މުއްތަލިބް ހާޒިރުކުރަން ސުވާލު ހުށަހެޅިއިރު, މީގެ ކުރިން ވެސް މުއްތަލިބް އާ ގިނަ ސުވާލުތަކެއް ކުރުމަށް މެންބަރުން އެދުނުނަމަވެސް, މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް އޭނާ ހާޒިރުވެފައިނުވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0