ދުނިޔެ

ސްޓާލިންކަށް ގޮންޖަހައި، ޖައްވަށް 200،000 ސެޓެލައިޓް ފޮނުވުމަށް ޗައިނާއިން ތައްޔާރުވަނީ

17 ޖަނަވަރީ 2026 - 18:00
ސްޓާލިންކަށް ގޮންޖަހައި، ޖައްވަށް 200،000 ސެޓެލައިޓް ފޮނުވުމަށް ޗައިނާއިން ތައްޔާރުވަނީ

ޗައިނާއިން ދުނިޔޭގެ ތިރީ އޯބިޓަށް 200,000 އާ ގާތްކުރާ އަދަދަކަށް ސެޓެލައިޓް ފޮނުވުމުގެ ބޮޑު މަޝްރޫއެއް އެކުލަވާލައިފި އެވެ. މިއީ އީލޮން މަސްކްގެ ސްޓާލިންކާ ވާދަކުރުމަށާއި، ދުނިޔޭގެ ސެޓެލައިޓް އިންޓަނެޓްގެ ބާޒާރުގެ އޮނިގަނޑަށް ކޮންޓްރޯލް ޗައިނާއަށް ލިބިދާނެ ކަމެކެވެ.

އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަނަށް ހުށަހަޅާފައިވާ މި ޕްލޭންގައި، ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ހިންގާ ބޮޑެތި ސެޓެލައިޓް ނެޓްވޯކްތަކެއް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ދެ ނެޓްވޯކަކުން އެކަނިވެސް ގާތްގަނޑަކަށް 200,000 ސެޓެލައިޓް ފޮނުވުމަށް ވަނީ ހުށަހަޅާފަ އެވެ. މިއީ މިހާތަނަށް ދުނިޔޭގައި ހުއްދަ ދީފައިވާ ނުވަތަ ބޭނުންކުރަމުންދާ އެހެން އެއްވެސް ސެޓެލައިޓް ނެޓްވޯކަކަށްވުރެ މާ ބޮޑު އަދަދެކެވެ.

މި މަޝްރޫއު އަމަލީ ގޮތުން ފަށައިފިނަމަ، މިހާރު ދުނިޔޭގެ ސެޓެލައިޓް ބްރޯޑްބޭންޑްގެ ބާޒާރު ކޮންޓްރޯލް ކުރަމުންދާ ސްޕޭސް އެކްސްގެ ސްޓާލިންކް ނެޓްވޯކަށްވުރެ ޗައިނާގެ ނެޓްވޯކް މާ ފުޅާވެގެންދާނެ އެވެ. ޗައިނާގެ މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ގަވާއިދުތަކުގެ ދަށުން އޯބިޓްގެ ޖާގަތަކާއި ރޭޑިއޯ ފްރީކުއެންސީތަކުގެ އިސްކަން ހޯދުމެވެ.

މި ފެންވަރުގެ ބޮޑު މަޝްރޫއެއް ފުރިހަމަކުރުމަށް ގިނަ އަހަރުތަކެއް ނަގާ، ބޮޑެތި ފަންނީ އަދި މާލީ ވަސީލަތްތައް ބޭނުންވާނެ އެެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0