މޭޔަރު ސައުދު ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކޮށްފި
މިހާރު ތިނަދޫގެ މޭޔަރު ކަމުގައި ހުންނެވި ސައުދު އަލީ ދެ ވަނަ ދައުރަކަށް އެ މަގާމަށް ވާދަކުރެއްވުމަށް ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ޕްރައިމަރީ ސައުދު ކާމިޔާބު ކުރެއްވީ 462 ވޯޓުންނެވެ. އޭނާއާ ގާތުން ވާދަކުރެއްވި އަލީ ނަސީރަށް ލިބުނީ 417 ވޯޓެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުން މިހާރު މޭޔަރު ކަމުގައި ތިއްބެވި ފަސް މޭޔަރުންނަށް ވެސް ވަނީ އިތުރު ދައުރަކަށް ޓިކެޓު ކަށަވަރު ވެފައެވެ.
ސައުދު ތިނަދޫ ކައުންސިލަށް އިންތިހާބުވީ ކައުންސިލްގެ ރައީސްގެ މަގާމަށެވެ. އޭނާ މޭޔަރު ކަމަށް އައްޔަން ކުރީ ތިނަދޫ ސިޓީއަށް ބަދަލުކުރުމާއެކުގައެވެ.
އަންނަ އޭޕްރިލް މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައިފައެވެ.






ރިއެކްޓް