ޚަބަރު

ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ

13 ޖަނަވަރީ 2026 - 15:58
ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު މިއަދު ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ލަތީފީ މަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒްފާއަކީ ކުޅުދުއްފުށީގެ ސްކޫލެއްގައި ގްރޭޑް 10 އެއްގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. އޭނާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅުކަން ވެސް ވަނީ އެނގިފައެވެ.

މި ހާދިސާގެ ތަފްސީލް ހިއްސާކުރި ފަރާތްތަކުން ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި ބޮލުގައި ރިއްސާތީ ޝަޒްފާ އެ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާ ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނު ސްކޫލަށް ދާން ގޮވުމުން ޖަވާބެއް ނުދީގެން ބެލި ބެލުމުންނެވެ.

ޝަޒްފާގެ ކުއްލި ވަކިވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައެވެ. ޝަޒްފާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، އެ ސިޓީގެ މަސްޖިދުލް ހަލާރާތުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0