ޚަބަރު

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންްގޮސްފި

13 ޖަނަވަރީ 2026 - 11:30
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންްގޮސްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންތަކަކީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާބެހޭ ޓާސްކްފޯސް ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުންތަކުގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯސްއިން އިއްޔެ ވަނީ މާލޭގެ ގުލާބީ މަގުގައި ހުންނަ އެކަމަޑޭޝަން ބްލޮކެއް ވެސް ބަލައި ފާސްކޮށްފައެވެ. އެ ތަނުން ވެސް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ބިދޭސީން ކުރާ ގަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ވެސް ދަނީ ސިލްސިލާކޮށް ބަލައި ފާސްކުރުންތައް ހިންގަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0