ޚަބަރު , ސިޔާސީ

ލަންކާ ސަފީރުގެގެ ބަސްމަގާއިމެދު ސުވާލުކުރުމަށް ފޮރިން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

12 ޖަނަވަރީ 2026 - 20:37
ލަންކާ ސަފީރުގެގެ ބަސްމަގާއިމެދު ސުވާލުކުރުމަށް ފޮރިން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ
ފޮރިން މިނިސްޓަރ ހަލީލް. ފޮޓޯ: މަޖިލިސް

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކައިގެ ބަސްމަގު ރަނގުތޯ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނޯޓިސް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަޒީރުންނާއި ސުވާލު ކުރަން މަޖިލީހުން ފޮނުވާ ނޯޓިސް ގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. މީކާއިލް ވަޒީރަށް ކުރާ ސުވާލަކީ މަސްއޫދު އިމާދު ދެއްކި ވާހަކަތަކަކީ ޑިޕްލޮމެސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ އެވެ.

އިމާދު މަސްއޫދު ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދިން އިންޓަވިއުގައި ލަންކާގެ އިމިގްރޭޝަން އެ ގައުމަށްދާ ދިވެހިންނާއި މެދު އިހާނެތިކޮށްހިތުން ހުއްޓާނުލައިފިނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލުގެންނާނެކަމުގެ އިންޒާރުދީފައިވެ އެވެ. 

މި މައްސަލާގައި މީސް މީޑިއާގައި ގިނަ ބަޔަކުވަނީ ސަރުކާރަށާއި ސަފީރަށް ފާޑުކިޔާފަ އެވެ. 

ސުވާލު ނޯޓިސް ފޮނުވާތާ 14 ދުވަސްތެރޭ އެ ވަޒީރަކު މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާންޖެހޭނެ އެވެ. މި އަހަރުގެ މަޖިލިސް ހުޅުވުން އޮތީ އަންނަ މަހު 5 ވަނަ ދުވަހު އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0