ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. އަތޮޅަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފި

12 ޖަނަވަރީ 2026 - 13:05
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. އަތޮޅަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ކުރިއަށްގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ހާއްސަ މަސައްކަތްތަކެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ:

  1. ޝައްފާޙް ލަޠީފް (28އ)، ޝެވޯނާ / ގއ. ވިލިނގިލި
  2. އަޙްމަދު މަދީޙު (33އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި
  3. އަޙްމަދު އަނާމް އިބްރާހީމް (30އ)، އައިޒަން / ގއ. ވިލިނގިލި
  4. ނޫރުއްނިޡާމް (35އ)، އަރާއިރުގެ / ގއ. ވިލިނގިލި

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ފުޅާދާއިރާއެއްގައި ފަތުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ މާލެ އާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ހިންގި މި ހަރަކާތުގައި، ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0