ޚަބަރު

ސްޓެލްކޯގެ އެމްޑީ ޝަމާހު ހަތަރު މަސް ފަހުން މަގާމުން ވަކިކޮށްފި

11 ޖަނަވަރީ 2026 - 16:07
ސްޓެލްކޯގެ އެމްޑީ ޝަމާހު ހަތަރު މަސް ފަހުން މަގާމުން ވަކިކޮށްފި
ފޮޓޯ: ސްޓެލްކޯ

މަގާމަށް އައްޔަން ކުރިތާ ހަތަރު މަހާއި ހަތަރު ދުވަސް ފަހުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްވި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޝަމާހު މަގާމުން ވަކިކޮށްފިކަން ޔަގީންކޮށްދީފަ އެވެ.

ޝަމާހު ވަކިކުރި ސަބަބެއް އަދި ސާފުނުވާއިރު، އޭނާ މި މަގާމަށް އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އެވެ. އެއީ އޭރު ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުރި ހުސެއިން ފަހުމީ މަގާމުން ވަކިކޮށް ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރަކަށް ބަދަލުކުރުމަށްފަހު އެވެ.

ޝަމާހު ވަނީ މި ސަރުކާރުގައި މިހާތަނަށް ތިން މަގާމު ފުރުއްވާފަ އެވެ. އެއީ މިފްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0