އޮޕަރޭޝަން އަލިމަގުގެ ހާއްސަ މަސައްކަތްތަކެއް މިއަދު ގއ އަތޮޅާއި މާލޭގައި
މަސްތުވާތަކެއްޗާއި ދެކޮޅަށެ ފުލުހުން ދާދިފަހުން ފެށި 'އޮޕަރޭޝަން އަލިމަގު' ގެ ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން މާލެއާއި ގއ. އަތޮޅުގައި ކުރިއަށްދާކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ކުރިއަށްދާ އޮޕަރޭޭޝަންގެ ޓާގެޓަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި ޑްރަގުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި މަނީ ލޯންޑާ ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އެގޮތުން މި މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާާސްކޮށް ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމަކާއި، އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓްގެ ހާއްސަ ޓީމުތަކެކެވެ.
މީގެ ކުރިންވެސް މި އޮޕަރޭޝަންގެ ދަށުން ފުލުހުން ވަނީ މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރު ކުރާ މީހުންނާއި އެ މީހުންގެ އިތުރު މައުލޫމާތު އަދި ދެވެން ނެތީ ތަހުގީގު މަރުހަލާގައިވާތީ ކަމަށެވެ.






ރިއެކްޓް