ޚަބަރު

ފެނަކަ ސައީދުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

10 ޖަނަވަރީ 2026 - 21:05
ފެނަކަ ސައީދުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (ފެނަކަ ސައީދު) ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

ސައީދުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ހައި ކޯޓުން މިހާރު ވަނީ އެ މައްސަލަ ރަސްމީކޮށް ރަޖިސްޓަރީކޮށް، މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ މައްސަލައިގައި ބުނެފައިވަނީ ބްލޭޒަން އިންކް ކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ނުކުރަނީސް އަދި އެ މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން، ސައީދުގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާއެއްގެ ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ފެނަކަ ސައީދަކީ ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0