ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް ރަމީލާ ޢައްޔަންކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެނިމަލް ވެލްފެއާ މިނިސްޓަރެވެ. ރަމީލާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދާތީ މަސައްކަތަށް ވަގުތު ނުދެވޭތީ އެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރައްވައިފަ އެވެ.
އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހަށް ހުށަހެޅުމުން އިއްޔެ އޮތް ދައުރުން ބޭރު ޖަލްސާގައި މަޖިލީހުން ވަނީ ރަމީލާއަށް ރުހުންދިނުމަށް ފާސްކޮށްފައެވެ.
އޭނާ އެޗްއާރްސީއެމަށް އައްޔަން ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.






ރިއެކްޓް