ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް ރަމީލާގެ ނަން ފޮނުވައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސަކަށް ކުރީގެ އެގްރިކަލްޗަރު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ, ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަނީ އިއްވައިފައެވެ.
ރަމީލާގެ ނަން ދިރާސާކުރަން ފޮނުއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ. އެ ކަން ކުރުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް އޮތީ ތާވަލްކޮށްފައެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެނިމަލް ވެލްފެއާ މިނިސްޓަރެވެ. ރަމީލާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދާތީ މަސައްކަތަށް ވަގުތު ނުދެވޭތީ އެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރައްވައިފަ އެވެ.
އޭނާ އެޗްއާރްސީއެމަށް އައްޔަން ކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.






ރިއެކްޓް