ޚަބަރު

މަޖިލީހުގެ މި ދައުރު ކުރުކޮށްލައި، ބޮޑު ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅައިފި

4 ޖަނަވަރީ 2026 - 14:37
މަޖިލީހުގެ މި ދައުރު ކުރުކޮށްލައި، ބޮޑު ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައި، މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރު ކުރުކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިފިއެވެ. 

ދައުރުން ބޭރު ބާއްވާ ޖަލްސާއެއްގައި މި އިސްލާހު ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހެޅީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. 

ބިލުގައިވާ ގޮތުން ބިލު ފާސްކުރުމާއެކު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެންބަރު 2028 ގެ 1 ވަނަ ދުވަހަށް ނިމޭނެއެވެ. އެއާއެކު އަލަށް އުފެދޭ މަޖިލިސް ތަކުގެ ދައުރަކީ ޑިސެންބަރު 1 ކުން ފެށިގެން ފަސް އަހަރުގެ ދުވަހުގެ މުއްދަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހަކީ ޑިސެންބަރު 1 އެވެ. 

ބިލުގައިވާ ގޮތުން 2028 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކު އެކީގައެވެ. 

މިހާރު ހިނގަމުން އަންނަ ގޮތަށް ބާއްވާނަމަ މަޖިލީހުގެ މި ދައުރު ނިމޭނީ 2029 ވަނަ އަހަރުގެ މެއި މަހަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0