ޚަބަރު

ޖުވާ ކުޅުން ކުށަކަށް ހަދަން ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަނީ

4 ޖަނަވަރީ 2026 - 14:25
ޖުވާ ކުޅުން ކުށަކަށް ހަދަން ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަނީ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް އެޖެންޑާކޮށް، ދައުރުން  ބޭރު ޖަލްސާއެއް މާދަމާއަށް ތާވަލްކޮށްފިއެވެ. 

ދައުރުން ބޭރުން ބާއްވާ ޖަލްސާ ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ. 

މާދަމާގެ ޖަލްސާއަށް ވަނީ ޖުވާ ކުޅުން ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލު އެޖެންޑާކޮށްފައެވެ. ގާނޫނުލްއުގޫބާތަށް މި ބަދަލު ގެނައުމަށް ބިލު ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ. 

މީގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ވެސް އެޖެންޑާކޮށްފައިވާއިރު، އެ ބިލު މަޖިލީހުން އަދި އާންމު ނުކުރެއެވެ. އެ ބިލު ހުށަހަޅަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއެވެ. 

މި ދެ ބިލުގެ އިތުރުން ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ވެސް ވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0