ޚަބަރު

މޯލްޑިވިއަނުން އަނެއްކާ ވެސް ޑާކާއަށް ދަތުރުތައް ފަށަނީ

3 ޖަނަވަރީ 2026 - 20:44
މޯލްޑިވިއަނުން އަނެއްކާ ވެސް ޑާކާއަށް ދަތުރުތައް ފަށަނީ

ޤައުމީ އެއަރލައިން, މޯލްޑިވިއަނުން އަނެއްކާ ވެސް މާލެއާއި ބަންގްލަދޭޝްގެ ޑާކާ އަށްކުރާ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ބަނގްލަދޭޝްގެ ޑާކާއަށް އަނެއްކާ ވެސް ދަތުރުތައް ފަށަން ނިންމާފައިވަނީ ދިވެހީންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތުންގެ ޑިމާންޑަށް ބަލާފައިވަ ކަމަށާއި މި ދަތުރުތައް އަންނަ މާރިޗްމަހުގެ 12ވަނަ ދުވަހު ފަަށާނެކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދެއެވެ.

މިގޮތުން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ކުރާ މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ.

މޯލްޑިވިއަންއިން ވަނީ މީގެ ކުރިނންވެސް ބަންގްލަދޭޝްއަށް ޝެޑިއުލް ދަތުރުކޮށްފައެވެ. ބަނގްލަދޭޝްއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓައިލައިފައި ވަނީ އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެ ރައްޔިތުން މަގު މައްޗަށް ނިކުމެ ކުރަން ފެށި މުޒާހަރާގެ ސަބަބުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0