ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސަނީ އުމަރުގެ މައްޗަށް ކުޑަ ތިން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އެއީ ކުޑަ ދެ އަންހެން ކުދިންނާއި ކުޑަ ފިރިހެން ކުއްޖެކެވެ. މި 3 ކުދިންނަކީވެސް 18 އަހަރު ނުވާ ކުދިން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މައްސަލާގައި އުމަރު ފުރަތަމަ ބަންދު ކޮށްފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހުއެވެ. އެފަހަރު ބަންދުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.
ސަނީ އުމަރު ބަންދުކޮށްފައިވަނީ 3 ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުއެވެ. ފުރަތަމަ ފަހަރަށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖެއިންބޭރުން އައިސް އެއާޕޯޓަށް ފޭބިތަނުންނެވެ. އެފަހަރު ސުވާލުކުރުމަށްފަހު ސަނީ ދޫކޮށްލީއެވެ. ފުލުހުން ސަނީ ދޫކޮށްލުމުން އަނެއްކާ ފުރަން ގޮސް ހުއްޓާ ފުލުހުން އޭނާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓް ތެރޭގައި އިންދައެވެ. އެފަހަރުވެސް ކޯޓަށް ނުގެންގޮސް ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކުރީ މައްސަލައާއި ގުޅޭ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.






ރިއެކްޓް