ފާހިޝް ޢަމަލުތައް ހިންގަމުން ދިޔަ 96 މަސާޖް ޕާލާ ބަންދުކޮށްފިން: ރައީސް
ފާއިތުވީ 22 ދުވަހުގެ ތެރޭގައި 96 މަސާޖުޕާލަރ ބަންދުކުރެވިއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ "ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ޑިސެންބަރު ނުވައެއްގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާ" ކަމަށެވެ.
މަސާޖުޕާލާ ތަކުގެ ވިޔަފާރި ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަން ފާހަގަކުރައްވައި އެއީ މިއަދު ހިތާމަޔާ އެކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެންކަމަށާއި ދިވެހިންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް ރައީސްގެ ޕޯސްޓުގައި ގޮވާލެއްވިއެވެ.






ރިއެކްޓް