ކޭޕާކް މަންޑޭ 397 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި 94 ދައުވާއެއް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އެކަކުގެ މައްޗަށް ސާބިތުވި އެންމެ ގިނަ ދައުވާ އެވެ. އަދި އެކަކުގެ މައްޗަށް ކުރި އެންމެ ބޮޑު ޖަލު ހުކުމެވެ.
މަންޑޭއާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫ ގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާރުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާރޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކައި އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި 104 ދައުވާއެއް ކޮށްފައިވެއެވެ.
އޭގެ ތެރެއިން މަންޑޭގެ މައްޗަށް ސާބިތުވީ ޓެކުމުގެ 46 ދައުވާއަކައި އޮޅުވާލުމުގެ 44 ދައުވާއަކާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވައެވެ.
މަންޑޭގެ މައްޗަށް 394 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް މިއަދު ކްރިމިނަލް ކޯޓުން ވަނީ އިއްވައިފައެވެ.
މައްސަލާގައި ދެން ހިމެނޭ ޖައިޝާމް ސައީދުގެ މައްޗަށް ސާބިތުވީ ޓެކުމުގެ 45 ދައުވާއަކާއި އޮޅުވާލުމުގެ 40 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ދައުވާއެވެ.
އެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާއަށް ވެސް 159 އަހަރުގެ ޖަލު ހުކުމެކެވެ.






ރިއެކްޓް