ކުޅިވަރު

ކާވާ ކަޕް: މެޗަކުން ބަލި ނުވެ ރާއްޖެ ފައިނަލަށް

25 ޑިސެންބަރު 2025 - 13:47
ކާވާ ކަޕް: މެޗަކުން ބަލި ނުވެ ރާއްޖެ ފައިނަލަށް
ފޮޓޯ: ސިޑިބަރި

މިހާރު މާލޭގައި ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ގެ ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާ ދިވެހިރާއްޖެ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ހަތަރު ގައުމު ބައިވެރިވާ މު މުބާރާތުގެ ލީގު ބުރު ނިމި އިއްޔެ ކުޅުނީ ސެމީ ފައިނަލް މެޗުތަކެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ކިރްގިސްތާނުން ވަނީ އަފްގާނު ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ. ދެވަނަ ސެމީ ފައިނަލްގައި ރޭ ރާއްޖެއިން ބަންގްލަދޭޝް ބަލިކުރީ 25-17. 25-12 އަދި 25-12 އިންނެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީގެން މި މެޗު ކުޅުނު އިރު، ރާއްޖެއަށް މި މެޗުވެސްވީ ފަސޭހަ މެޗަކަށެވެ.

ކިރްގިސްތާނާއި ދެކޮޅަށް ރާއްޖެ ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 20:15 ގައެވެ. އެންމެ ފަހުން މާލޭގައި އޮތް ކާވާ ސެންޓްރަލް ޒޯން އަންހެން މުބާރާތުގެ ފައިނަލުގައި ކިރްގިސްތާނުންވަނީ ރާއްޖެ ބަލިކޮށްފަ އެވެ. ނަމަވެސް މި މުބާރާތުގެ ލީގު ބުރުގައި ރާއްޖެއިން ކިތްގިސްތާން ބަލިކުރުމުން، ރަން މެޑަލްގެ އުންމީދުވަނީ ބޮޑުވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0