ކުޅިވަރު

ކާވާ ކަޕް: އެއްވަނައިގައި އޮވެ ރާއްޖެއިން ލީގު ބުރު ނިންމާލައިފި

23 ޑިސެންބަރު 2025 - 13:38
ކާވާ ކަޕް: އެއްވަނައިގައި އޮވެ ރާއްޖެއިން ލީގު ބުރު ނިންމާލައިފި

މިހާރު ރާއްޖޭގައި ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ގެ ލީގު ބުރު އެއްވަނައިގައި އޮވެ ދިވެހިރާއްޖެއިން ނިންމާލައިފި އެވެ. މުބާރާތުގެ ލީގު ބުރު ފަހު ބުރުގައި ރޭ ކިރްގިސްތާނާއި ދެކޮޅަށް ނިކުމެ ރާއްޖެ ވަނީ ފަހަތުން އަރާ 3-1 ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ކިރްގިސްތާން ކާމިޔާބުކުރީ 15-25 އިންނެވެ. ނަމަވެސް ފަހު ތިން ސެޓު ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް 23-25، 19-25 އަދި 22-25 އިން ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ސެޓުގައި ރާއްޖެއަށް ރަނގަޅަށް ބޯޅަ ރިސީވް ނުކުރެވި ގޯސްތަކެއް ހެދުނެވެ. ނަމަވެސް ފަހު ތިން ސެޓުގައި ބަދަލު ކުޅުންތެރިން ބޭނުންކޮށް ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. 

މި މޮޅާއި އެކު ރާއްޖެއިން މފަސް އަހަރުތެރޭ ފުރަތަމަ ފަހަރަށް ކިރްގިސްތާން ބަލިކޮށް ރަން މެޑަލް ހޯދުމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ. ސެމީ ފައިނަލް މެޗުގައި ރާއްޖެއިން ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަަ މެޗުގައި ރާއްޖެއިން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. 

ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:20 ގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0