ކުޅިވަރު

ކާވާ ކަޕް: ފުރަތަމަ މެޗު ސީދާ ތިން ސެޓުން ރާއްޖެ ކާމިޔާބުކޮށްފި

21 ޑިސެންބަރު 2025 - 00:14
ކާވާ ކަޕް: ފުރަތަމަ މެޗު ސީދާ ތިން ސެޓުން ރާއްޖެ ކާމިޔާބުކޮށްފި
ފޮޓޯ: ސިޑިބަރި

އިއްޔެ ރާއްޖޭގައި ފެށި ވިމެންސް ކާވާ ކަޕް 2025 ގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗު ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވެއްޖެ އެވެ. 

ރޭ ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއިއެކު އެވެ. މެޗުގެ ސެޓުތަށް ރާއްޖެއިން ކާމިޔާބުކުރީ 18-25، 12-25، 16-25 އިންނެވެ. 

މެޗުގެ ފުރަތަމަ ސެޓުގައި ބަންގްލަދޭޝްއިން ރަނގަޅަށް ކުޅެން މަސައްކަތްކުރި އެވެ. ނަމަވެސް ސެޓުގެ މެދަކާއި ހަމައިން ރާއްޖެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ބޮޑުކޮށްފަ އެވެ. ފަހު ދެ ސެޓުވެސް ރާއްޖެއިން ކުޅުނީ ހަމަޖެހިގެންނެވެ. ބަންގްލަދޭޝްގެ ގިނަ ސްޕައިކުތަށް ރާއްޖޭގެ ކުޅުންތެރިންވަނީ ބްލޮކު ކޮށް ރިސީވިންގް ރަނގަޅުކޮށްފަ އެވެ. މި ދެ ސެޓުގައި ރާއްޖެއަށް ހެދުނު ބައެއް ގޯސްތަކުން ބަންގްލަދޭޝަށް ވަނީ ޕޮއިންޓުތަކެއް ލިބިފަ އެވެ. ނަމަވެސް ބަންގްލަދޭޝަށް މެޗު އަނބުރާލެވޭ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ.

މި މުބާރާތަށް ގައުމީ އަންހެން ވޮލީ ޓީމު ނިކުތީ ސީފާ ރަން މެޑަލްގެ އުންމީދުގަ އެވެ. މީގެ ކުރިން ކާވާ ގެ ތިން މުބާރާތެއްގައި ރާއްޖެއަށް ވަނީ ރިހި މެޑަލް ލިބިފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0