ފަނަރަ ދުވަސް ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް
އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވީ ފަރާތަކަށް ބަދަލުގެ ގޮތުގައި 5 ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފިއެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.
މި ހުކުމުގައި ވާ ގޮތުން ކިންގްސް ކުންފުނީގެ ސްކީމެއްގައި ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000ރ. އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840ރ. ހޯދުމަށް ދަޢުވާކުރީ ހއ. ހޯރަފުށީ ރައްޔިތެކެވެ.
ސިވިލް ކޯޓުން މި ހުކުމް ކުރި ނަމަވެސް އަލްހާންގެ ކުންފުނިން ހިންގި ސްކީމްްތަކުގައި ގެއްލުންވީ ހުރިހާ ފަރާތަކަށް ކިންގްސް ކުންފުނިން ބަދަލު ދީފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.






ރިއެކްޓް