ޚަބަރު

ސިޓީ ކައުންސިލަށް ސިނަމާލެ ފްލެޓްތަކުގެ މައްސަލަ ހައްލުނުކުރެވުމުން ރައީސް ފާޑުވިދާޅުވެއްޖެ

17 ޑިސެންބަރު 2025 - 12:22
ސިޓީ ކައުންސިލަށް ސިނަމާލެ ފްލެޓްތަކުގެ މައްސަލަ ހައްލުނުކުރެވުމުން ރައީސް ފާޑުވިދާޅުވެއްޖެ

އެއްގޮތަށް ވުރެ ގިނަ ގޮތުން ބޮއްސުންލާފައިވާ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް މާލެސިޓީ ކައުންސިލުން ހައްލު ހޯދައިދެވިފައި ނުވާކަމަށް ވިދާޅުވެ ރައީސް ޑރ. މުޢިއްޒު މާލޭ ސިޓީ ކައުންސިލަށް ފާޑު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާއެކު ރޭ ބޭއްވުނު ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސިނަމާލެ ފްލެޓް ތަކުގެ މައްސަލަ މާލޭސިޓީ ކައުންސިލަށް ހައްލު ނުވި ކަމަށާއި ދެން އެކަމާއި ހަވާލުވާނީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

ރޭގެ ބައްދަލުވުމުގައި އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައި އޮތް ޖޫރިމަނާތައް މާފުކޮށްފައި ވަނިކޮށް އަލުން ޖޫރިމަނާ ދެއްކުމަށް ސިޓީކައުންސިލުން ސިޓީ ފޮނުވުމާއި އެ ފްލެޓްތަކުގައި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވުން ހިމެނެއެވެ.

މިގޮތުން ބައެއް ފްލެޓްތަކުގެ ސީލިންގ އިން ފެން ފޭބުމާއި ބޮޑެތި ފާރުތަކުގައި ބޮޑެތި ރެނދުތައް ލައި ހަލާކުވުން ހިމެނެއެވެ.

ރޭގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެލައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސްގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ސީދާ މޭޔަރަށް ކަމަށް ބެލެވެއެވެ. 

މާލޭ ސިޓީ ކައުންސިލަށް މައްސަލަ ހައްލުނުކުރެެއްވާކަމަށް ރައީސް ވިދާޅުވިއިރު، ރައީސްގެ އެއްފަރާތުގައި މާލޭސިޓީގެ ޑެޕިއުޓީ މޭޔަރު އިންނެވިއެވެ. އަދި މާލޭ ސިޓީގެ ކައުންސިލަކީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0