ޚަބަރު

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

7 ޑިސެންބަރު 2025 - 21:36
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ސާފުތާހިރުކަމަކަށް ބެލުމެއް ނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުގެ ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި ވަނީ މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައި ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވިއެވެ.

ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން

އަދި މިތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ފޮޓ: އިމިގްރޭޝަން
ފޮޓ: އިމިގްރޭޝަން

މާލޭގެ އެކި ގޭގޭގައި ބިދޭސީން މިފަދަ މަސައްކަތް ކުރަމުންދާ ކަމަކީ މިފަހަކަށް އައިސް ފާހަގަވަމުންދާ ނުރައްކާތެރި ކަމެކެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރުކޮށް, ބަންދުކޮށް, ފިހާރަތަކުގައި ވިއްކަމުންދާކަމީ އާއްމު ސިއްހީ ހާލަތު ގޯސްވެގެންގޮސްފާނެ ކަމަށް ކަންބޮޑުވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0