ޚަބަރު , ސިޔާސީ

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު ނުދޭގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

6 ޑިސެންބަރު 2025 - 16:50
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު ނުދޭގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް އޮފީސް ހިންގުމަށް ދެމުންދިޔަ އެލަވަންސް ދިނުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ޤާނޫނުގެ ދަށުން ގެނެވުނު އެންމެ މުހިއްމު އެއްބަދަލަކީ ކުރީގައި ނާއިބުރައިސްކަން ކޮށްފައި ވާ ފަރާތްތަކަށް އެލަވަންސެއް ދޭގޮތަށް ގެނައި އިސްލާހެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތުގެ ގޮތުން މަހަކު 30،000 ރުފިޔާ އާއި ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0