ޚަބަރު

އެޕާޓްމަންޓަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

6 ޑިސެންބަރު 2025 - 13:08
އެޕާޓްމަންޓަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓުމަންޓަކަށް ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ނިއުބްލޫ އަލީ މުއައްޒަމް އެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އަލީ މުއައްޒަމު ވަނީ މީހެއްގެ އެޕާޓުމަންތަކަށް ވަދެ ތޫނު އެއްޗަކުން އެމީހާއަށް ހަމަލާދީފައެވެ. އަދި މިކަން ފުލުހުން ހުށަހެޅި ބަޔާންތަކާއި އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މީހާ ބަންދުކޮށްފައިވަނީ މާރާމާރީ ހިންގާފައިވާ ގޮތަށް ބަލާއިރު މި މީހާގެ ފަރާތުން މުޖުތަމަޢަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0