ޚަބަރު

ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދެފި

6 ޑިސެންބަރު 2025 - 10:41
ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދެފި

ހައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ހައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ ހިންގަމުންދާ ސްކޭމަކަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ނަމުގައި ބަޔަކު ދަނީ ފޭކު މެސެޖުތަކެއް ފޮނުވަމުންނެވެ. އަދި މި މެސެޖު ތަކުގައި ހައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ހައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނަމުންދާކަމަށާއި މިއީ ސްކޭމެއް ކަމަށާއި މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށެވެ.

އަދި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ މި ބަޔާނުގައި ޔަގީންކަން ދީފައެވެ.

އަދި މިފަދަ މާތް އަޅުކަމަކާއި ގުޅުވައި މަކރާއި ހީލަތުން ފައިސާ ހޯދުމަށް ބަޔަކު ކުރާ މި ނުބައި ކަމާމެދު ކަންބޮޑުވާކަމަށްވެސް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0