ޚަބަރު

ޝަމްއާން މައްސަލާގައި އިއުތިރާފު އެއްބަސްވުން ހެދި ލައްސާނުގެ ހެކިބަސް ނެގުން ފަސްކޮށްފި

3 ޑިސެންބަރު 2025 - 22:39
ޝަމްއާން މައްސަލާގައި އިއުތިރާފު އެއްބަސްވުން ހެދި ލައްސާނުގެ ހެކިބަސް ނެގުން ފަސްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް މިހާރު ހިނގަމުންދާ ޝަރީޢަތުގައި ދައުލަތާއި އެކު އިޢުތިރާފު އެއްބަސްވުމެއް ހަދާފައިވާ އިމިގްރޭޝަންގެ ކުރީގެ އޮފިސަރު ލައްސާންގެ ހެކިބަސްދިނުން ކުއްލިއަކަށް ފަސްކޮށްފިއެވެ.

މާދަމާ އަށް ތާވަލު ކޮށްފައި އޮތް ހެކިބަސް ނެގުމުގެ އަޑުއެހުން ކެންސަލްކޮށް ފަސްކުރަން ކޯޓުން ނިންމާފައިވަނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

ޝަމްއާން ވަހީދާއެކު މި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އަހުމަދު ލައްސާނަށް، ދައުލަތާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ލުއި އަދަބެއްދިނުމަށް މިހާރު ވަނީ ހުކުމް ކޮށްފައެވެ.

ލައްސާންގެ މައްޗަށް ކުރެވުނު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް އޭނާ އިއުތިރާފު ވުމުން ކޯޓުން ކަނޑައެޅީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14,400 ރުފިޔާގެ ޖޫރިމަނާއެކެވެ.

އަދި ލައްސާންގެ މައްޗަށް ކުރެވުނު ދެވަނަ ދަޢުވާ ކަމަށްވާ ފޭރުމުގެ ދައުވާގައި އޭނާގެ މައްޗަށް ކަނޑައެޅި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއެކު 14,400 ރުފިޔާގެ ޖޫރިމަނާއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0