ގަމު ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ
ލ.ގަން ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެ އަނދަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މަޢުލޫމާތު ދީފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ލ.ގަން ތުނޑީ އިންޖީނުގޭގައި އަލިފާން ރޯވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް ކައްދޫ ފަޔަރ ސްޓޭޝަން އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިންޖީނުގެއިން ގިނަ އަދަދަކަށް ދުން އަރަމުންދާއިރު, އެ ސަރަހައްދުގައި ދެ އަލިފާން ނިއްވާ ލޮރީ ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ވިރާސީ އަށް މަޢުލޫމާތު ދިން ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އެމްއެންޑިއެފުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.






ރިއެކްޓް