ސުވާލުކުރުމަށް ފަހު ދޫކޮށްލުމުން އަނެއްކާ ފުރަން ގޮސް ހުއްޓާ ސަނީ އުމަރު ހައްޔަރުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ސަނީ އުމަރާއި ސުވާލުކުރުމަށްފަހު ފުލުހުން އޭނާ ދޫކޮށްލުމުން އަލުން އަނެއްކާ ފުރަން ގޮސް ހުއްޓާ ހައްޔަރުކޮށްފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ސަނީ އުމަރު މާލެ އައުމުން ފުލުހުން ވަނީ އެއާޕޯޓުން އޭނާ ހިފަހައްޓައި ސުވާލުކުރުމަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހިފިހެއްޓިކަމެއް ނުވަތަ ދޫކޮށްލި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދެން ފެނުނީ ސަނީ އުމަރު އަލުން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ.
ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުތައް ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ގޮސްފަ އެވެ.
ސޯޝަލްމީޑިއާގައި ސަނީ ހައްޔަރުކޮށްފައިވާކަމަށް ވާހަކަދެކެވެމުންދާއިރު މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ "ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" މިފަދައިންނެވެ.






ރިއެކްޓް