ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތް: އާޒިމާއަށް ކުރާ ދައުވާ އަނބުރާ ނަގައިފި

25 ނޮވެންބަރު 2025 - 16:52
އެމްއެމްޕީއާރްސީ ހިޔާނާތް: އާޒިމާއަށް ކުރާ ދައުވާ އަނބުރާ ނަގައިފި
އާޒިމާ - ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފިއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލުކަން ވެސް އާޒިމާގެ މައްޗަށް ކުރަނީ އުފުލީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. 

ޕީޖީ އޮފީހުން ބުނީ 2019 ވަނަ އަހަރު ކޮށްފައިވާ ދައުވާ އަނބުރާ ގެނައުމަށް ނިންމީ އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ނުގެންދަން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުގައި ހުކުމްކޮށްފައިވާތީއެވެ. 

އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ގެންދަން މަސްލަހަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0