ޚަބަރު

ނަތީޖާ ނުނެރެވުނަސް އޭސީސީން ބޭނުންވަނީ ބޮޑު ބަޖެޓެއް

12 ނޮވެންބަރު 2025 - 16:37
ނަތީޖާ ނުނެރެވުނަސް އޭސީސީން ބޭނުންވަނީ ބޮޑު ބަޖެޓެއް

ހުށަހެޅޭ މައްސަލަތައް ފުނިޖެހި، ޒިންމާ އަދާނުކުރެވޭ ކަމުގެ ތުހުމަތުތައް ގިނަވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަ އަހަރަށް 84.7 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި ބުނެފިއެވެ.

މިއަދު ބޭއްވުނު ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭސީސީއަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 47.8 މިލިއަން ރުފިޔާގެ ބަޖެޓަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަޖެޓެކެވެ.

އޭސީސީއަށް ޒިންމާ އަދާނުކުރެވޭ ކަމުގެ ޝަކުވާތައް މިއަދުގެ ކޮމިޓީގައިވެސް ވަރަށް ބޮޑަށް މެންބަރުން ފާޅުކުރެއްވިއެވެ. މިގޮތުން އެކި މައްސަލަތަކުގައި ދައުލަތަށް ހޯދަންޖެހޭ ފައިސާ އޭސީސީއަށް ނުހޯދޭ މައްސަލަ މެންބަރުން ފާހަގަކުރެއްވިއެވެ. 

އެކި އެކި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ 77 މިލިއަން ރުފިޔާގެ ތެރެއިން އޭސީސީއަށް މިހާތަނަށް %1 ވެސް ހޯދިފައި ނުވެއެވެ.

އޭސީސީ އަށް ސަރުކާރުގެ ނުފޫޒު ފޯރާ ކަމުގެ ތުހުމަތަކީވެސް ވަރަށް ބޮޑަށް މެންބަރުން ފާހަގަކުރައްވާ މައްސަލައެކެވެ. މިގޮތުން ސަރުކާރުން ބޭނުންވާ މައްސަލަތައް އަޅާނުލާ ބެހެއްޓުމާއި އަވަސްކުރަން އަންގާ މައްސަލަތަކަށް އަވަސް ތަހުގީގު ހިންގުމަކީ އޭސީސީއަށް ކުރެވޭ އެންމެ ބޮޑު އެއް ތުހުމަތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0