ކުޅިވަރު

އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކު އިވެންޓުގެ ފައިނަލަށް އަޔާނާ އާއި ލިންޑާ

12 ނޮވެންބަރު 2025 - 14:46
އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކު އިވެންޓުގެ ފައިނަލަށް އަޔާނާ އާއި ލިންޑާ
ފޮޓޯ: އެމްއޯސީ

މިހާރު ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ދިވެހިފެތުންތެރިން ފެތި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން ފައިނަލަށް ދަތުރުކޮށްފިއެވެ.

02:54.98 އިން ރޭސްފުރިހަމަކޮށްގެން މަލައިކާ ލިންޑާ އިމްރާން އަދި 03:08.81 އިން ރޭސްފުރިހަމަކޮށްގެން އަޔާނާ އަރީފް ފައިނަލަށް ދަތުރުކޮށްފައިވަނީ ހީޓުތަކުގައި ވާދަކުރި ހުރިހާ ޤައުމެއްގެ ފެތުންތެރިންގެ ތެރެއިން އެންމެ އަވަހަށް ރޭސް ނިންމި 8 ފެތުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. މިއަދު ވަނީ ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުވެސް ފަތާފައެވެ. ދިވެހިރާއްޖޭގެ ފެތުންތެރިޔާ ޢަލީ އިމްޢާން މި އިވެންޓު ނިންމާފައިވަނީ 02:25.20 އިންނެވެ.


މިއަދުގެ ހެނދުނުގެ އެންމެ ފަހު އިވެންޓަކަށް ދިވެހި ފެތުންތެރިން ފަތާފައިވަނީ 4 × 100 ފްރީސްޓައިލް ރިލޭ އިވެންޓެވެ. ފިރިހިނުންގެ މި ރިލޭ އިވެންޓުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވަނީ އިމްޢާން، ލޫޠު، ރިޙާން، އައިދިންއެވެ. މި ފެތުންތެރިން ރިލޭ ރޭސް ނިންމާފައިވަނީ 04:03.40 އިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0