މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވާ ބިލު މަޖިލީހަށް ބަލައިގަނެފި
ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.
މި ބިލު މަޖިލީހުން ބަލައިގެންފައިވަނީ 64 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް ހުށަހެޅުއްވި މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ބިލުގައިވާ ގޮތުން ނޫސްވެރިޔާ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ.
ހައިކޯޓުގައި އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށް. އަދި 24 ގަޑިއިރު ތެރޭ އެ ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭއިރު އެކަމަށް 24 ގަޑިއިރު ތެރޭގައި ނޫސްވެރިޔާ ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެއް ވެސް ދޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ބިލުގައި ވަނީ މަސްދަރު ހާމަ ކުރަން އެންގޭ އިތުރު ހާލަތްތަކެއް ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިސްތިގުލާލަށް ނުވަތަ ސިޔާދަތަށް ގެއްލުން ލިބޭނެ ފަދަ އަމަލުތަކާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުމާއި ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް ހިމެނެ އެވެ.
މިފަދަ ބިލެއް ހުށަހަޅާފައިމިވަނީ މަސްދަރު ހާމަކުރެވޭ ގޮތަށް އޮތް މާއްދާ ނޫސްވެރިން އެދޭ ގޮތަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވަަނިކޮށެވެ, ސަރުކާރުން އޭރު ބުނެފައިވަނީ މި ސަރުކާރުގެ ސްޓޭންޑަކީ ނޫސްވެރިންނަށް މިނިވަންކަން ދިނުން ކަމަށާއި މި ބިލު އިސްލާހު ކުރާނެ ކަމަށެވެ.






ރިއެކްޓް