ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ދެ ބައްޔަށް ފަހު ޓީޓީ ޓީމަށް މޮޅެއް

9 ނޮވެންބަރު 2025 - 17:00
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ދެ ބައްޔަށް ފަހު ޓީޓީ ޓީމަށް މޮޅެއް
ފޮޓޯ: އެމްއޯސީ

އަންހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ސައުދި އަރަބިއްޔާގެ މައްޗަށް ދިވެހިރާއްޖޭއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓު ސައުދީގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 3 ގޭމް 1 ގޭމްއިންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފިރިހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި އިރާނުން ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި އަންހެން ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ތުރުކީ އަތުންވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ކުޅުނީ ދިމާއާއި ރަފާގެ ޕެއާއިންނެވެ. ދިމާއާއި ރަފާގެ ޕެއަރއިންވަނީ ތިން ސެޓް ކާމިޔާބުކޮށް މިގޭމް ހޯދާފައިއެވެ. އެއީ 11-7، 11-7 އަދި 11-2 އިންނެވެ. 
 
މިމެޗުގެ ދެވަނަ ގޭމުގައި ސިންގަލްސްގައި ނިކުތީ އައިޝަތު އަލްސާ ނާފިޒްއެވެ. މިގޭމުގައި ސައުދީ ޓީމުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. ސައުދީއިން ސެޓްތަށް ކާމިޔާބުކުރީ 11-4، 11-8 އަދި 11-8 އިންނެވެ. 

ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާއި ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާއަލީއެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު ދީމާގެ މޮޅު ކުޅުމާއެކު މި ގޭމްގެ ސެޓްތަށް ދީމާ ކާމިޔާބުކުރީ 11-2، 11-3  އަދި 11-4 އިންނެވެ. 

ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާއި ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމްއެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު ރަފާގެ މޮޅު ކުޅުމާއެކު މި ގޭމްގެ ސެޓްތަށް ރަފާ ކާމިޔާބުކުރީ 11-8،  11-7އިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0