އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ގައުމީ ފެތުންތެރިން ފުރަތަމަ ދުވަހުގެ އިވެންޓުތަށް ނިންމާލައިފި
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ސްވިމިންގ ޓީމުން ފުރަތަމަ ދުވަހުގެ އިވެންޓުތައް ނިންމާލައިފިއެވެ. މިގޮތުން ދިވެހި ފެތުންތެރިން ވަނީ މިއަދު 9 އިވެންޓެއްގައި ފަތާފައެވެ.
އަންހެން 50 މީޓަރު ބަޓަރފްލައިގައި ވާދަކޮށް މަލައިކާ ލިންޑަރ އިމްރާން ވަނީ 35.34 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. މިހީޓްގައި 6 ފެތުންތެރިން ވަނީ ވާދަކޮށްފައެވެ.
50 މީޓަރުގެ ބަޓަރފްލައި ރެކޯޑް އޮންނަނީ އަމްނާ ތަޒްކިއްޔާގެ އަތުގައެވެ. އެއީ 31.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެން 100 މީޓަރު ބްރެސްޓްސްޓޮރޯކްގައި ވާދަކޮށް ލޫތް މުހައްމަދު ހުސެއިން ވަނީ 1 މިނެޓް 13.58 ސިކުންތުން ރޭސް ނިންމާފައެވެ. މިހީޓްގައި 7 ފެތުންތެރިން ވާދަކޮށްފައިވޭ.
ފިރިހެން 100 މީޓަރު ބްރެސްޓްސްޓޮރޯކްގައި ވާދަކޮށް އިޒްޔާން ނާޒިމް ރޭސް ނިންމަފައިވަނީ 1 މިނެޓް 17.30 ސިކުންތުންނެވެ.
އަންހެން 50 މީޓަރު ފްރީ ސްޓައިލްގައި ވާދަކޮށް ސާރާ މުހައްމަދު ހީޓް ނިންމާފައިވަނީ 30.32 ސިކުންތުންނެވެ. މިހީޓްގައި 6 ފެތުންތެރިން ވާދަކޮށްފައިވެއެވެ. މިވެންޓުގެ ރެކޯޑް އައިޝަތު އުލްޔާ ހަދާފައިވަނީ މިއަހަރު އޮތް މުބާރާތެއްގައި 28:64 ރޭސް ނިންމައިގެންނެވެ.
އަންހެން 50 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް ޒައިނަބު އަބްދުﷲ ޝަފީގް ރޭސްނިންމާފައިވަނީ 30.05 ސިކުންތުންނެވެ.
ފިރިހެން 50 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް އިޒްޔާން ނާޒިމް ރޭސްނިންމާފައިވަނީ 27.08 ސިކުންތުންނެވެ. 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އޮންނަނީ މުހައްމަދު އާން ހުސެއިންގެ އަތުގައި، އެއީ ޕެރިސްގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކޮށް 24.22 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެން 400 މީޓަރު އިންޑިވިޖުއަލް މެޑްލީ ހީޓްގައި ވާދަކޮށް މުހައްމަދު ރިހާން ޝިހާމް ރޭސްނިންމާފައިވަނީ 5 މިނެޓް 21.74 ސިކުންތުންނެވެ.
ހަމަ މިއިވެންޓްގައި ވާދަކޮށް މުހައްމަދު އައިދިން ނިޔާޒު ރޭސް ނިންމާފައިވަނީ 5 މިނެޓް 54.05 ސިކުންތުންނެވެ.
މިކްސް 4 ގުނަ 100 މީޓަރު ފްރީ ސްޓައިލްގައި ވާދަކޮށް ރާއްޖޭގެ ޓީމުން ރޭސް ނިންމާފައިވަނީ 4 މިނެޓް 21.14 ސިކުންތުންނެވެ
މިއަދުގެ ފަހު އިވެންޓްއެއްގެ ގޮތުން ކުރިއަށްދިޔައީ އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓުރޯކެވެ. ސާރާ މުހައްމަދު ރޭސް ނިންމާފައިވަނީ 1 މިނެޓް 26:32 ކުންނެވެ. އަދި ޒައިނަބު އަބްދުﷲ ޝަފީގް ރޭސް ނިންމާފައިވަނީ 1 މިނެޓް 26:81ކުންނެނެވެ.
މިމުބާރާތުގައި މާދަމާވެސް ސްވިމިންގެ އިވެންޓްތަށް ކުރިއަށްދާނެއެވެ.






ރިއެކްޓް