ފަސް ހަފްތާތެރޭގައި ވިޔަފާރިވެރިންނަށް ދޭން ބުނި ފައިސާ ނުދެވުނު، އަނެއްކާވެސް އާ ތާރީހެއް!
ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނުނިމުމުން, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރާގު ބަދަލުކުރައްވައިފި އެވެ.
ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވީ މިދިޔަ މަހު 2 އެއްގަ އެވެ,
"ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،" އެމްޑީޕީގެ މުޒާހަރާއަށް ކުޑަތަންވެފައިވަނިކޮށް މުއިއްޒު "އެކްސް"ގައި ވިދާޅުވެފައިވެ އެވެ.
17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ… — Dr Mohamed Muizzu (@MMuizzu) October 2, 2025
ރައީސް ވިދާޅުވި މުއްދަތު މާދަމާއަށް ހަމަވާއިރު. މިހާތަށް ބިލުތަކަށް ފައިސާ ދައްކާފައިނުވެ އެވެ. އެހެންވެ ރާގު ބަދަލު ކުރައްވައި މުއިއްޒު މިރޭ އައްޑޫގައި ވިދާޅުވީ އޭރު ވިދާޅުވީ ފަސް ހަފުތާ ވުމުގެ ކުރިން ފައިސާ ދޫކުރަން ފަށާނެ ވާހަކަ ކަމަށާއި އެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މުއިއްޒު ވަނީ މި މަސް ނިމުމުގެ ކުރިން ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށް ވިދާޅުވެ އެ ކަމަށް އާ ތާރީހެއް ދެއްވައިފަ އެވެ.
ފަސް ހަފްތާ ތެރޭގައި ފައިސާ ދައްކައި ނިންމާނެ ކަމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ވިދާޅުވުމަށް ފަހު, ވާހަކަ ބަދަލުކުރައްވާފައި މިވަނީ ސަރުކާރުން ބޭނުންވި ގޮތަށް ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުން ލަސްވުމުން ކަމަށް ވަނީ އެނގިފަ އެވެ.






ރިއެކްޓް