ޚަބަރު

ލަންކާއިން އަތުލައިގަތީ ރާއްޖެއިން ޑްރަގް ބަރުކުރި ބޯޓެއް ނޫން: ފުލުހުން

4 ނޮވެންބަރު 2025 - 11:39
ލަންކާއިން އަތުލައިގަތީ ރާއްޖެއިން ޑްރަގް ބަރުކުރި ބޯޓެއް ނޫން: ފުލުހުން

ސްރީލަންކާއިން 300 ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު އަތުލައިގަތް ބޯޓަކީ ރާއްޖެއިން ބަރުކޮށްގެން ދިޔަ ބޯޓެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ. 

"ސީދެވީ" ނަމަކަށް ކިޔާ މަސްބޯޓެއް ލަންކާގެ އިދާރާތަކުން އަތުލައިގަތީ 251 ކިލޯގެ މެތަޑޯފިނާއި 85 ކިލޯގެ ހެރޮއިން އާއެކުގަ އެވެ. 

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކަނޑު ސަރަހައްދުގެ ތެރެއިން ބަރުކޮށްގެން ލަންކާއަށް އެތެރެވި ބޯޓެއް ކަމަށް ބެލެވެ އެވެ. 

މިކަން ދޮގުކޮށް ފުލުހުން މިއަދު ބުނީ، 355 ކިލޯގެ ޑްރަގާއެކު އަތުލައިގަތް ބޯޓަކީ ރާއްޖެއިން ބަރުކޮށްގެން ދިޔަ ބޯޓެއް ނޫން ކަން އެ ގައުމުގެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. 

ނަމަވެސް، މި ބޯޓު ލަންކާއަށް ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިތޯ ނުވަތަ ނޫންތޯ ފުލުހުންނަށް ބުނެދެވިފައިނުވެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0