ޚަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި މީހަކު ނިޔާވެއްޖެ

2 ނޮވެންބަރު 2025 - 18:15
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި މީހަކު ނިޔާވެއްޖެ

މިއަދު މެންދުރުފަހު އެމްޕީއެލް ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޢަނިޔާވި މީހުންގެ ތެރެއިން ބިދޭސީއަކު ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި  14 މީހުން ތިއްބެވެ.

މީގެ ތެރެއިން 6 މީހުނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެ ންދެވުނު ކަމަށާއި އޭގެ ތެރޭގައި ހިމެނުނު ބިދޭސީއަކު  ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަނިޔާވީ ހަތަރު ދިވެހިންނަށާއި ދެ ބިދޭސީންނަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0