ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ
އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގައި ތިބި 3 މީހަކަށް އަނިޔާ ވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއްވި ގޮތުގައި ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި 3 މީހުނަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މަޢުލޫމާތި ދެއްވި ގޮތުގައި މިހާދިސާގެ މާޢުލޫމާތު ލިބުނީ މިއަދުގެ މެންދުރުފަހު 3:44 ހާއިރުއެވެ.
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި އިރު އޭގެ ތެރޭގައި މީހަކު ހުރިކަމަށް މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އެމީހާ ވަނީ މިހާރު ހޯދާފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި މި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.






ރިއެކްޓް