ޚަބަރު

ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފަށައިފި

1 ނޮވެންބަރު 2025 - 12:22
ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފަށައިފި

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދިވެހިން ސަލާމަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު ފެއްޓެވި ކެންޕޭނުގެ ދަށުން ތަޢާރަފުކުރި "ޖެނެރޭޝަނަލް ބޭން" އަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނެސްގެން ތަންފީޒުކުރި މި ބޭންއަކީ 2007 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވީ މީހުނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ބޭން އެކެވެ.

މިއަދު ޖެނެރޭޝަނަލް ބޭން އަށް ޢަމަލުކުރަން ފަށާތީ ރައީސް މުޢިއްޒު ވަނީ ސޯޝަލްމީޑިއާގައި ރައްޔިތުންނަށް މަރުހަބާ ކިޔުއްވައި ޕޯސްޓެއް ކުރައްވާފައެވެ.

މި ޕޯސްޓުގައި ރައީސް ވަނީ މިއަދު ޢަމަލުކުރަން ފަށާފައިވާ ތިން ކަމެއްގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެގޮތުން ޖެނެރޭޝަނަލް ބޭންގެ އިތުރުން މިއަދު ޢަމަލުކުރަން ފަށާފައިވާ އެއްކަމަކީ ވަކި ޚާއްސަ ލައިސަންސެއް ނަގައިގެން ކަށި މިޔަރު ބޭނުން ރާއްޖޭގައި ހުއްދަކުރުމެވެ. 

މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުން, ކައުންސިލްތަކުގެ މުވައްޒަފުން އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ޕޭ ހާމަނައިޒޭޝަންގެ ދަށުން މިއަދުން ފެށިގެން ބޮޑުކުރުން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0