ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅުހަދައިފި
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު މިދިޔަ ސެޕްޓެމްބަރުމަހުގައި ސޮއިކުރުވުނު ފަހުމުނާމާތަައް މަޖީލީހަށް ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ސަރުކާރުން މިކަމާ ދެކޮޅުހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ފޮރިން މިނިސްޓަރ ޑރ. އަބްދުالله ޚަލީލުއާއި ކުރެއްވި ސުވާލެއްގެ ޖަވާބުދެއްވަމުންނެވެ.
މެންބަރު ޝާކިރު ލިޔުމުން ޖަވާބު ހޯދުމަށް މިނިސްޓަރަށް ފޮނުވި ސުވާލުގައި އެދިފައިވަނީ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު ޗައިނާއާއި އެކު ސޮއިކުރެވުނު 11 ފަހުމުނާމާގެ ކޮޕީ ހިއްސާކުރެއްވުމަށެވެ. ނަމަވެސް މިނިސްޓަރު ޚަލީލު ފޮނުއްވި ޖަވާބުގައި "ބަހަނާއެއް" ދެއްކެވުމަށްފަހު މި ފަހުމުނާމާތައް މެންބަރަށް ހިއްސާކޮށްފައެއް ނުވެއެވެ.
މިނިސްޓަރ ފޮނުއްވި ޖަވާބުގައި ބުނެފައިވަނީ އެ ފަހުމުނާމާތަކާއި ގުޅގެން ހަދަން ޖެހޭ އެއްބަސްވުންތަކުގެ މަސައްކަތް ދެޤައުމުގެ ދެމެދުގައި ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުނު ދުވަހަކުން އެ މަޢުލޫމާތު ހާމަކުރާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަކީ މިފަދަ އެއްބަސްވުންތަކަކީ ހާމަކުރަން ޖެހޭ މަޢުލޫމާތުކަމަށް ބުނަމުން އައި ސަރުކާރެކެވެ. ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުނު އެއްކަމަކީ މިބާވަތުގެ އެއްބަސްވުންތައް ހާމަނުކުރާ މައްސަލައެވެ. މިދެންނެވި ވާހަކަތައް އެންމެ ބޮޑަށް ދެއްކެވި އެއް ބޭފުޅަކީ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.






ރިއެކްޓް